ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.
1. ބުނެވިދިޔަ ޤާނޫނުގެ 5 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރު އުނިކުރުން.
2. ބުނެވިދިޔަ ޤާނޫނުގެ 5 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
5.
(ޅ) މި މާއްދާގެ ދަށުން ފަތުރުވެރިކަމާބެހޭ ކަންކަމަށް ކޮންމެ މާލީ އަހަރަކު ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ޢަދަދާއި، އެތަންތަނާބެހޭ މަޢުލޫމާތު ހިމެނޭ ލިސްޓެއް، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާއާއެކު ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވާލައި ޢާންމުކުރަންވާނެއެވެ. އަދި އެ ލިސްޓަށް އުނިއިތުރު ގެންނަން ބޭނުންވެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު އެ ލިސްޓަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.
3. ބުނެވިދިޔަ ޤާނޫނުގެ 35 ވަނަ މާއްދާގެ (ކ) އަދި (އ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
4. ބުނެވިދިޔަ ޤާނޫނުގެ 35 ވަނަ މާއްދާގެ (މ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
35.
(މ) މި މާއްދާގެ (ކ) އަދި (އ) އެހެން އޮތްނަމަވެސް، 1 ޖަނަވަރީ 2025 އިން ފެށިގެން، ޢުމުރުން 2 (ދޭއް) އަހަރު ފުރިހަމަނުވާ ކުޑަކުދިން، ގްރީން ޓެކްސް ނެގުމުން އިސްތިސްނާވާނެއެވެ.
5. ބުނެވިދިޔަ ޤާނޫނުގެ 35 ވަނަ މާއްދާގެ (ފ)، (ދ) އަދި (ތ) އުނިކުރުން.
6. މި ޤާނޫނުން ބުނެވިދިޔަ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.
7. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.